ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 78 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 78

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

8 މާރިޗު 2023

ބައްދަލުވުން ބޭއްވި ގަޑި:

8:55

 

ނިންމުންތައް

  1. ރަށުގެ ބިންދޫކުރާނޭ އަގުތައް ކަނޑައެޅުނު އެގޮތުން ދަނޑުވެރިކަމަށް އަކަފޫޓަކަށް 10 ލާރި، ސިނާއީ ބިން (އޮޑިދޯނިފަހަރު އެހެލާ ސަރަޙައްދު އަދި ސްލިޕްވޭ) އަކަފޫޓަކަށް 30 ލާރި، ލުއި ސިނާއީ މަސައްކަތް (ގުދަން، ގަރާޖް، ވާރކްޝޮޕް، ސިމެންތި ގައުއެޅުން، ވަޑާންގެ އަދި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރުމަށް) އަކަފޫޓަކަށް 20 ލާރި، ރަށުގެ ބަދަރު ސަރަޙައްދުން ވިޔަފާރި ބޭނުމަށް އަކަފޫޓަކަށް 35 ލާރި، ވިޔަފާރި ބޭނުމަށް ރަށުގެ އެހެނިހެން ސަރަޙައްދުތަކުން (ޢާއްމު ވިޔަފާރި، ކެފޭ، ރެސްޓޯރަންޓް) އަކަފޫޓަކަށް 30 ލާރި، ޓޫރިޒަމް ބޭނުމަށް ގެސްޓްހައުސް ނުވަތަ ޓުއަރިޒަމްއާއި ގުޅޭ ހުރިހާ ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި މިވަގުތު ރަށުގެ ބިމުގެ ޑިމާންޑް ބޮޑުވެފައިވުމާއި މާކެޓް ރޭޓަށްބަލައި ތ. ވަންދޫގެ ބިމުގެ އަގަކީ އަކަފޫޓަކަށް 300 ރުފިޔާ، ބަންޑާރަ ބިން އަމިއްލަކުރުމުގެ އެންމެ ދަށްއަގެއް ގޮތުގައި އަކަފޫޓަކަށް -/25 ރުފިޔާ ކަމުގައި ކަނޑައެޅުނު.
  2. އަމިއްލަ ފަރާތަކުން ރަށުގައި ހިންގަމުންދާ އައިސްޕްލާންޓާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކަންހިނގަމުންދާގޮތް ކައުންސިލުން ބެލުމަށްފަހު ބިންދޫކުރެވިފައިވާ ފަރާތާއި ބައްދަލުކުރުމަށް ނިންމުނު.              
08 މާރިޗު 2023
ހޯދާ