މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޕްލޭސެޓެއް ގަންނަން

އަލަށް ޢިމާރާތް ކުރެވިފައިވާ ޕްރީސްކޫލަށް އައުޓްޑޯ ޕްލޭސެޓެއް ގަންނަން ބޭނުންވެގެން މިއިދާރާއިން ކުރެވިފައިވާ ނަންބަރު: 335/2015/07ފ(2015-01-14) އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިފަދަ ޕްލޭސެޓެއް ގެނެސްދެވޭނެ ފަރާތްތަކުން ކުރެހުންތަކާއެކު 05 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ޕްލޭސެޓްގެ ފޮޓޯތަކާއި ޑިޒައިންތަކުގެ ތަފުސީލު އަދި އެކި ބައިތަކަށް ވަކިން އަގު ހުށަހަޅަންވާނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތަކަށް ޕޮއިންޓް ދޭނީ މިދަންނަވާ އުސޫލުންނެވެ.

ހުށަހަޅާ އަގަށް:  ( އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭގޮތަށް )     50

ޑެލިވަރީ މުއްދަތަށް: ( އެންމެ އަވަހަށް ކޮށްދޭ ފަރާތަކަށް ގިނަ ޕޮއިންޓް )      10   

ތަޖުރިބާ: ( ހުށަހަޅާ ލިޔުންތަކަށް ބަލައިގެން )                     10

ކޮލިޓީ: ( ވޮރަންޓީ ދޭ މުއްދަތަށް ބަލައިގެން )                     20

އަގު ދައްކަން ހުށަހަޅާގޮތަށް: (ދިގުމުއްދަތަކަށް ގިނަޕޮއިންޓް )             10               

06 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ