ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ

އަޟްހާ ޢީދާއި ގުޅިގެން (24 ޖޫން 2023 އިން 01 ޖުލައި 2023) ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، މި އިދާރާއިން ދެމުންގެންދާ މުނިސިޕަލް އަދި އެހެނިހެން ހިދުމަތްތައް މި މުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވަހާކަ ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި އާންމު ޙިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް 22 ޖޫން 2023ގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއިދާރާއަށް ފޮނުއްވާފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތަކުގެ ވެރިފަރާތްތަކުން، 22 ޖޫން 2023 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ދުރުވެ ކާޑާއި ހަވާލުވުމަށް ދަންނަވަމެވެ.

މި ފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

14 ޖޫން 2023
ހޯދާ