ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން |
|
|
މާލެ، |
އިޢުލާން ނަންބަރ: |
(IUL)22-G/22/2023/216 |
ދިވެހިރާއްޖެ. |
ޕްރޮޖެކްޓް ނަންބަރު: |
G-2023-G-0015 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން:
1. ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖޫން 14 ން 2023 ޖޫން 20 ގެ14: 00 ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު: forms.moe.gov.mv
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 21 ގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 22 ވަނަ ދުވަހުގެ 11:00ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 08 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 2 ގައެވެ.
5. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000ރ.(ވިހި ހާސް)ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 8 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341127 , 3341129
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
25 ޛުލްޤަޢިދާ 1444
14 ޖޫން 2023