މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

1444 ވަނަ އަހަރު ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިއަދުން ފެށިގެން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

          ނިމިދިޔަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

          ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މިފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން 22 ޖޫން 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                             24 ޖުމާދަލްއޫލާ 1444

                              13 ޖޫން 2023

14 ޖޫން 2023
ހޯދާ