ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

އިސްލާމިކް މިނިސްޓްރީއިން އެކުލަވާ ލެވިފައިވާ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން 14 ޖޫން 2023 އިން 22 ޖޫން 2023 ގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:15އިން 13:00އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 1444 ވަނަ އަހަރު ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން  ޙާލަތު ބަދަލުވުމުގެ ސަބަބުން ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނުވާ ފަރާތްތަކަކީ މިވަގުތުގައި ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަށް ކަމުގައިވާތީ އެފަރާތްތަކުން އަލަށް ރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ، ދަފްތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ ޢާޢިލާތަކާއި، 65 އަހަރު ފުރިފައިވާ  މީހުން ހިމެނޭ ޢާޢިލާތަކުން އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން  އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރި ފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި ، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.

14 ޖޫން 2023
ހޯދާ