މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ޓުއަރިޒަމް ވިލެޖް" ބޭނުންކުރުމުގެ އުސޫލް

                                                                                   އުސޫލު ނަމްބަރ: (USOOL)CA-297/2023/02

                                                                                   ފާސްކުރި ތާރީޚް:15/02/2023  

 

"ޓުއަރިޒަމް ވިލެޖް" ބޭނުންކުރުމުގެ އުސޫލް

 

މި އުސޫލަކީ ވެލިދޫގައި ފަތުރުވެރިންނަށް ޚާއްސަކޮށް ހެދިފައިވާ "ޓުއަރިޒަމް ވިލެޖް" އަކީ ސާފުތާހިރު، އެތަންތަނަށް ޒިޔާރަތްކުރައްވާ ފަތުރުވެރިންނާއި އަދި ވެލިދޫގެ ރައްޔިތުންނަށް ވެސް ރައްކާތެރި، ހިތްގައިމު އަދި އުފާވެރި ތަނެއްގެ ގޮތުގައިބޭއްވުމަށްޓަކައި އެކުލަވާލެވިފައިވާ އުސޫލެކެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ފަރާތްތަކުން މި އުސޫލު ރަގަޅަށް ދެނެގަނެ މިއުސޫލާއި އެއްގޮތަށް އަމަލުކުރައްވަން ވާނެއެވެ. މިއުސޫލާއި ހިލާފުވާ ފަރާތްތަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން ޖޫރިމަނާކުރެވި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރެވޭނެއެވެ. މިއުސޫލުގެ ނަމަކީ " ވެލިދޫ ޓުއަރިޒަމް ވިލެޖް" ބޭނުންކުރުމުގެ އުސޫލެވެ.

1-      ހާއްސަ އިވެންޓްތައް، ކައިވެނި ޕާޓި، އުފަންދުވަސް ފާހަގަ ކުރުންފަދަ ހަރަކާތްތަކަށް އެސަރަޙައްދު ބޭނުންކުރަންވާނީ ނ.ވެލިދޫ ކައުންސިލްއިން އެކަމަށް އެދި ހުއްދަ ހޯދުމަށް ހުށަހެޅުމަށްފަހު، ހުއްދަ ލިބުމުންނެވެ. މިފަދަ ޙަރަކާތެއް ހިންގުމަށްޓަކައި ހުއްދަ ހޯދުމަށް މަދުވެގެން 3 ދުވަސް ކުރިން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު ނ.ވެލިދޫ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.(ހުއްދައަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ވެބްސައިޓް، އަދި ކައުންޓަރ އިން ލިބެންހުންނާނެއެވެ.)

 

2-      ސަރަޙައްދު ސާފު ތާހިރުކޮށް ބޭއްވުން:

-          ވެލިދޫ ޓުއަރިޒަމް ވިލެޖަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބެއްވުމަށްޓަކައި އެސަރަޙައްދުގައި އުފެދޭ ކުނި ނައްތާއްލުމަށްޓަކައި، ޑަސްޓްބިން އެސަރަޙައްދުގައި ބެހެއްޓިފައި ހުންނާނެއެވެ. ވީމާ އެސަރަޙައްދު ބޭނުންކުރައްވާ ފަރާތްތަކުން އެއްވެސްބާވަތެއްގެ ކުނި އެސަރަޙައްދަށް އެޅުމަކީ މަނާކަމެކެވެ. މިގޮތުން އެސަރަޙައްދަށް ކުނިއަޅާ ފަރާތްތަކަށް -/1000 (އެއްހާސް ރުފިޔާ) ގެ ޖޫރިމަނާ ކުރެވޭނެއެވެ.

-          ޙާއްސަ އިވެންޓްތައް ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ ހަރަކާތްތަކުން އުފެދޭ ކުނި އެއިވެންޓު ނިމުމުން، އިވެންޓް ކުރިއަށް ގެންދަވާ ފަރާތަކުން ނަގާ ބޭނުންކުރެއްވި ސަރަޙައްދު ސާފުކުރަންވާނެއެވެ. އަދި މިގޮތުން އުފެދޭ ކުނިނައްތާލުމަކީ އެހަރަކާތެއް ހިންގާ ފަރާތެއްގެ ޒިންމާއެކެވެ.

-          އެސަރަޙައްދުގައި އުފެދޭ ކުނި ރަނގަޅުގޮތުގައި ނައްތާލުމަށްޓަކައި ސައިން ބޯޑު ތަކާއި އެކު އެކިއެކި ބާވަތް ބާވަތްތަކުގެ ކުނިނައްތާލުމަށް ސައިންބޯޑް ހަރުކުރެވިފައިވާ ޑަސްޓްބިން ބެހެއްޓިފައި ހުންނާނެއެވެ. ވީމާ އެސަރަޙައްދުގައި ކުނި ނައްތާލާއިރު ކުނި އަޅަންވާނީ ކުނީގެ ބާވަތްތައް ވަކިކުރުމަށްފަހު އެކުންޏެއް އެޅުމަށް ޙާއްސަކުރެވިފައިވާ ޑަސްޓްބިނަށެވެ.

 

3-      ނ.ވެލިދޫ ކައުންސިލްގެ ހުއްދަ ނެތި އެސަރަޙައްދުގައި އަލިފާންގަޑު ރޯކުރުމާއި، ކޭމްޕު ޖެހުމަކީ މަނާކަމެކެވެ. އެސަރަޙައްދުގައި ބާބެކިއުހެދުންފަދަ ޙަރަކާތެއް ހިންގާނަމަ، އެކަން ކުރަންވާނީ، މި އުސޫލުގެ 1 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުއްދަ ހޯދުމަށް ފަހުއެވެ.

 

4-      މިސަރަޙައްދުގައި އެއްވެސްބާވަތެއްގެ ދުއްވާ އެއްޗެއް ބޭނުންކުރުން، އަދި ބެހެއްޓުމަކީވެސް މަނާކަމެކެވެ.

 

5-      މިސަރަޙައްދަށް އަދި މިސަރަޙައްދުގައި ބަހައްޓާފައި ހުންނަތަކެއްޗަށް ގެއްލުންދިނުމަކީ މަނާކަމެކެވެ. މިގޮތުން އެސަރަޙައްދުގައި ބަހައްޓާފައި ހުންނަށް ތަކެއްޗަށް ނުވަތަ ތަނަށް ގެއްލުންދޭ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅުއަޅައި، ލިބިފައިވާ ގެއްލުމަށްބަލައި -/1000 (އެއްހާސް ރުފިޔާ) އަށްވުރެ ކުޑަނޫން ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

 

6-      އެސަރަޙައްދު ބޭނުންކުރަންވާނީ އަދި އެކިއެކި ކުޅިވަރުތައް ކުޅުއްވަންވާނީ، އެސަރަޙައްދު ބޭނުންކުރަމުންގެންދާ އެހެން ފަރާތްތަކަށް އުދަގޫނުވާނެ ފަދަގޮތަށް ބައްލަވައިގެންނެވެ.

7-      ހުއްދަނަންގަވައިގެން ކުރިއަށް ގެންދަވާ ޙާއްސަ އިވެންޓްތައް ފިޔަވާ އެހެނިހެން ވަގުތުތަކުގައި އެސަރަޙައްދު ބޭނުންކުރައްވާއިރު އެސަރަޙައްދު ބޭނުންކުރައްވަވާ އެހެނިހެން ފަރާތްތަކަށް އުދަގޫވާފަދަގޮތަށް އަޑުގަދަކޮށް ލަވައާއި މިއުޒިކު ކުޅުމަކީ މަނާކަމެކެވެ.

 

8-      އެސަރަޙައްދު ވަކިކުރުމަށް ޖަހާފައި ވާ ފެންސުމަތީ އެއްޗިހި ބެހެއްޓުމާއި އަދި ފެންސުމައްޗަށް އެރުމަކީ މަނާކަމެކެވެ.

 

 

9-      އެސަރަޙައްދުގައި އެއްވެސް ބާވަތެއްގެ ޕޯސްޓަރެއް ހަރުކުރުމާއި، އެސަރަޙައްދުގައި ލީފްލެޓް ބެހުމަކީ މަނާކަމެކެވެ.

10-                       އެސަރަޙައްދަށް ނިސްބަތްވާ މޫދޫގައި އޮޑިދޯނިފަހަރު އަޅާފައި ބޭއްވުމާއި، އެސަރަޙައްދަށް އޮޑިދޯނި ފަހަރު އެހެލާ ބޭލުމަކީ މަނާކަމެކެވެ.

14 ޖޫން 2023
ހޯދާ