މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ އުޞޫލު.

ތަޢާރަފާއި ނަން  

1.

(ހ)  މި އުޞޫލަކީ ޤާނޫނު ނަމްބަރ 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއިން " މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ " އަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ނަމްބަރ 181-2022/R  ( 30 އޮކްޓޫބަރ 2022 ) " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންދާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގައިވާ މާއްދާ ތަކުގައި ކައުންސިލުތަކުން އެކަށައަޅާ ސިޔާސަތުގެ މައްޗަށް އެކުލަވާލާ އުޞޫލެއް އޮންނަން ވާނެކަމަށް ބުނެފައިވާތީ މުލަކަތޮޅު މުލަކު ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ.

 

(ށ) މި އުޞޫލަށް ކިޔާނީ " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި،ގަނެ ވިއްކުމާބެހޭ އުޞޫލު"  އެވެ.

 

(ނ)  މި އުޞޫލުގެ ދަށުން މުލަކަތޮޅު މުލަކުން ގަނެ ވިއްކަން ބޭނުންވާ ބަންޑާރަ ގޯތި ގަނެ ވިއްކުމުގެ އެންމެހައި މުޢާމަލަތްތައް ކުރިއަށް ގެންދާނީ " ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަދާފައިވާ ނަމްބަރ: 2022/R-181 ( 30 އޮކްޓުބަރ 2023 ) ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މަޤުޞަދު     

2.

   މި އުޞޫލުގެ މަޤުޞަދަކީ،  ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަދާފައިވާ ނަމްބަރ: 2022/R-181 ( 30 އޮކްޓުބަރ 2023 ) ޤަވާއިދާއި އަދި މި އުޞޫލުގެ ދަށުން މުލަކަތޮޅު މުލަކުން ދިރިއުޅުމަށް ޓަކައި ދޫކޮށްފައިވާ ބަންޑާރަގޯތިތައް އަމިއްލަކޮށް ގަނެ ވިއްކުމުގައި އަމަލުކުރާނެ ހަރުދަނާ އުޞޫލެއް ކަނޑައެޅުމެވެ.

 

ބަންޑާރަ ގޯތި އަމިއްލަކުރުމާ، އަގުދެއްކުން

3.

  ދިރިއުޅުމަށް މުލަކަތޮޅު މުލަކުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން މި އުޞޫލާއި އެއްގޮތްވާގޮތުގެ މަތީން މިކައުންސިލަށް އެއްފަހަރާ ބިމުގެ އަގު ދެއްކުމަށްފަހު ނުވަތަ މި އުޞޫލުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެކިފަހަރުމަތިން ބިމުގެ އަގު ދެއްކުމަށްފަހު އެ ގޯތި ނުވަތަ ގޯތިން ބަޔެއް އަމިއްލަކުރެވިދާނެއެވެ.

އެކިފަހަރުމަތިން އަގު އަދާކޮށް ނިންމާ އުޞޫލުން ގޯތިއަމިއްލަކުރުން

4

(ހ) މުލަކަތޮޅު މުލަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯތީގެ ބައެއް، މި އުޞޫލުގެ 3 ވަނަ މާއްދާ  ގައިވާ ގޮތަށް އެކި ފަހަރުމަތިން އަގުދައްކައިގެން އަމިއްލަ ކުރާހާލަތްތަކުގައި، ގޯތި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްގެ ބިން އަމިއްލަކުރެވޭނީ މި އުޞޫލުގައި މި ކައުންސިލުން ކަނޑަ އަޅާފައިވާ ރޭޓުން އެ ބިމެއްގެއަގު އެއްކޮށް އަދާކޮށް ނިންމުމުންނެވެ.

 (ށ) އެކިފަހަރުމަތިން އަގު އަދާކުރުމުގައި 5 ( ފަހެއް) އަހަރު ތެރޭގައި އެ އަގު އަދާކޮށް ނިންމާނަމަ ބިމުގެ އަގުގެ ރޭޓަށް އިތުރު ކުރެވޭނެއެވެ. 

(ނ) ) އެކިފަހަރުމަތިން އަގު އަދާކުރުމުގައި 5 ( ފަހެއް) އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ އަގު އަދާކޮށް ނިންމާނަމަ ބިމުގެ އަގުގެ ރޭޓަށް %20 އާއި %40 އާ ދެމެދުގެ މިންވަރެއް އިތުރު ކުރެވޭނެއެވެ. (މިގޮތުން ދިގުވެގެން ދެވޭނީ 20 ވިހި  އަހަރު ދުވަހެވެ. )

 (ރ) އެކިފަހަރުމަތީން އަގު އަދާކޮށް ނިންމާ އުޞޫލުން ގޯތިއަމިއްލަކުރަން ހުށައަޅާ ނަމަ އެކަމަށް އެދި ހުށައަޅާ ފޯމުގައި އެކަން ތަފުޞީލުކޮށް ބަޔާންކުރަންވާނެއެވެ.

(ބ) އެކިފަހަރުމަތިން އަގު އަދާކޮށް ނިންމާ އުޞޫލުން ގޯތިއަމިއްލަކުރަން ބޭނުންވާ ފަރާތާ މި ކައުންސިލާ ދެމެދު އަންނަނިވި ކަންކަން އެކުލެވޭ ގޮތައް އެއްބަސްވުމެއް ހެދޭނެއެވެ.

 1 – އެއްބަސްވުމުގެ ދެބައިވެރިންގެ މަޢުލޫމާތު:

v  ބިން ވިއްކާފަރާތް މުލަކަތޮޅު މުލަކު ކައުންސިލް އިދާރާ.

v ބިން ގަންނަފަރާތުގެ ވަނަވަރު.

 2-  ގޯތި އަމިއްލަކުރުމުގެ އަގު:

v   އަކަފޫޓަކަށް ކަނޑައެޅިފައިވާ ރޭޓް، އަދި ޖުމުލަ އަގު.

 

 3 -  އަގު އަދާކުރުމަށް ދޭ މުއްދަތު:

v      މުއްދަތު ގުނަންފަށާ ތާރީޚް.

v      މުއްދަތު ނިމޭނެ ތާރީޚު

v      ފައިސާ ދައްކާނެ ފަހަރުގެ އަދަދު.

 4- ފައިސާ ދައްކާނެ ގޮތް:

v      އެ ފަހަރަކު ދައްކަން އެއްބަސްވާ ޢަދަދު.

v      އެ ފަހަރަކު ފައިސާ ދައްކާނެ އެންމެފަހުގެ ތާރީޚު.

v      ފައިސާ ޖަމަޢަ ކުރާނެ ކައުންސިލްގެ އެކައުންޓް ނަމްބަރ.

 5- އެއްބަސްވުމާ ޚިލާފުވުމުން ޢަމަލުކުރެވޭ ގޮތްތައް:

v      އެއްބަސްވުމާއި ޚިލާފުވުމުން އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު މުލަކު ކައުންސިލަށް އޮންނާނެކަން.

 6- އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތައް:

v      ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތައް ފައިސާ ދައްކަމުން ނުދިއުން.

v      ބިންގަންނަން އެދޭ ފަރާތުން އެއްބަސްވުން ބާތިލުކުރަން އެދުން.

 7- އެއްބަސްވުމަށް އިޞްލާޙު ގެނައުން:

v      އަގުދައްކާ ޚަލާސް ކުރުމުގައި އެއްބަސްވެފައިވާ މުއްދަތަށް އުނި އިތުރު ގެނައުމަށް ލިޔުމަކުން ހުށައަޅައިފިނަމަ އެ ހުށައެޅުމަކީ ޤާނޫނާއި، ޤަވާޢިދު ތަންދޭނަމަ އެއްބަސްވުން އިސްލާހު ކުރެވިދާނެކަން.

v      އަގުދެއްކުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުން.

v      އެއްބަސް ވުމަށް ގެނެވޭ އިސްލާޙުގެ ސަބަބުން ދައްކަންޖެހޭ ފައިސާގެ މިންވަރު އިތުރުކުރެވޭނެކަން.

v      އެއްބަސް ވުމަށް ގެނެވޭ އިސްލާޙު، އެމަންޑްމަންޓެއްގެ ގޮތުގައި އެއްބަސްވުމާއި އެއްކަރުދާސް ކުރެވޭނެއެވެ.  

 

8- ފައިސާ ދައްކާނެގޮތުގެ ތާވަލު:

v      ބިންގަތުމަށް ހުށައަޅާ ފޯމުގައި ހިމަނާފައިވާ އެކި ފަހަރުތަކުގެ މައްޗަށް އެކުލެވޭ ތާވަލެއް ހެދުން.

 މިސާލު:

#

މުއްދަތު

އަކަފޫޓް

ރޭޓް

ހަމައަގު

އިތުރުކުރާ%

ޖުމުލަ

1

0 އަހަރުން 5 އަހަރާއި ދެމެދު

2000

75.00

150000.00

165000.00

2

0 އަހަރުން 10 އަހަރާއި ދެމެ

2000

75.00

150000.00

%20

180000.00

3

0 އަހަރުން 15 އަހަރާއި ދެމެ

2000

75.00

150000.00

%30

195000.00

4

0 އަހަރުން 20 އަހަރާއި ދެމެ

2000

75.00

150000.00

%40

210000.00

 9- އެހެނިހެން މާއްދާ:

v      މި އުޞޫލުގެ ދަށުން އެކި ފަހަރުމަތީން އަގު އަދާކޮށް ނިންމާ އުޞޫލުން އެއްބަސްވާ އެއްބަސްވުން ޝަރުޢީ ކޯޓެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

v      މި އުޞޫލުގެ ދަށުން އެކި ފަހަރުމަތިން އަގު އަދާކޮށް ނިންމާ އުޞޫލުން އަމިއްލަކުރުމަށް ހުށައަޅާފައިވާ ގޯއްޗެއްގެ އަގު އެއްބަސްވެފައިވާ ގޮތުގެ މަތީން ދައްކާ ޚަލާސް ނުކުރާނަމަ، ނުވަތަ އެއްބަސްވުން ބާތިލުކުރެވޭ ހާލަތުގައި ކައުންސިލް އިދާރާ އަށް ދެއްކި ފައިސާ ތިރީގައި ތާވަލުކުރެވިފައިވާ އުޞޫލުން ރިފަންޑުގެ ގޮތުގައި އަނބުރާ އެފަރާތައް އެ ފައިސާ ހަވާލުކުރެވޭނެއެވެ.

މިސާލު:

#

މުއްދަތު

އަކަފޫޓް

ރޭޓް

ދެއްކި

ދެވޭނެ%

ޖުމުލަ

1

0 އަހަރުން 5 އަހަރާއި ދެމެދު

2000

75.00

165000.00

%90

148500.00

2

0 އަހަރުން 10 އަހަރާއި ދެމެ

2000

75.00

180000.00

%80

144000.00

3

0 އަހަރުން 15 އަހަރާއި ދެމެ

2000

75.00

195000.00

%70

136500.00

4

0 އަހަރުން 20 އަހަރާއި ދެމެ

2000

75.00

210000.00

%60

126000.00

 

އަމިއްލަކުރުމަށް ހުށައެޅުން

5

  ބަންޑާރަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުން އެ ގޯތި އަމިއްލަކުރަން ބޭނުންނަމަ، މި އުޞޫލާއެކު ތައްޔާރު ކޮށްފައިވާ ފޯމް " ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް އެދި ހުށައަޅާ ފޯމް " ( ގަވާއިދުގެ ޖަދުވަލު 1 ގައިވާ ) ފުރިހަމަ ކުރުމަށްފަހު މުލަކު ކައުންސިލްގެ އިދާރާ އަށް ހުށައަޅަންވާނެވެ.

އަމިއްލަކުރުމުގެ އަގު ކަނޑައެޅުން

6

(ހ) މުލަކަތޮޅު މުލަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި، އެ ގޯއްޗެއް ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަކުރުމުގެ އަގެއްގެ ގޮތުގައި މުލަކު ކައުންޗިލުން ކަނޑައަޅާ އަގަކީ ބިމުގެ އަކަފޫޓަކަށް 75.00ރ ( ހަތްދިހަ ފަސްރުފިޔާ ) އެވެ.

(ށ)  އެއްފަހަރާ އަގުދައްކާ ޚަލާސްކުރާނަމަ މި މާއްދާގެ (ހ) ގައި ބުނެފައިވާ ރޭޓުން އެ ބިމަކަށްޖެހޭ ޖުމުލަ އަގު މުލަކު ކައުންސިލް އިދާރާ އަށް ދައްކައިގެން ބިން މިލުކުކުރުމުގެ ކަންކަން ފުރިހަމަ ކުރެވިދާނެއެވެ.

(ނ)  އެކިފަހަރުމަތީން އަގު ދައްކައިގެން ބިން މިލުކު ކުރަން ބޭނުންވާ ފަރާތްތަކުން މި އުޞޫލުގެ 4 ވަނަ މާއްދާގެ (ބ) ގެ ދަށުން އެކުލަވާލެވިފައިވާ 8 ވަނަ ނަމްބަރުގައިވާ ތާވަލާއި އެއްގޮތަށް އަގުދައްކާ ނިންމަންވާނެއެވެ.

(ރ)  ދިރިއުޅުމަށް މުލަކުން ދޫކޮށްފައިވާ ބަންޑާރަ ގޯތި ވިއްކުމުގައި އަކަފޫޓެއްގެ އަގު 75.00 ( ހަތްދިހަ ފަސް) ރުފިޔާ ކަމުގައި ކަނޑައަޅާފައިވަނީ މުލަކުގެ މިވަގުތުގެ ބިމުގެ ތަނަވަސްކަމާއި، އިޤުތިޞޯދީ ޙާލަތަށާއި، އިޖުތިމާޢީ ޙާލަތަށް ބަލާފައެވެ. އަދި ޙާލަތަށް އަންނަ ބަދަލާއެކު ބިމުގެ އަގުގެ ރޭޓަށް ބަދަލުގެނައުގެ އިޚުތިޔާރު މުލަކު ކައުންސިލަށް ލިބިގެންވެއެވެ.

އުޞޫލަށް އަމަލު ކުރަންފެށުން

7

(ހ) މި އުޞޫލަށް ޢަމަލުކުރަންފަށާނީ މުލަކު ކައުންސިލުގެ ރަސްމީ ޖަލުސާއަކުން މި އުޞޫލު ފާސްކުރުމަށްފަހު ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޝަރުޢީ ކޯޓަކަށް ހުށައަޅާފައިވާ، ގޯތި ވިއްކުމުގެ މުޢާމަލާތްތަކަށާއި، ގޯތި އަމިއްލަކުރުމުގެ މުޢާމަލާތްތަކަށް މި އުޞޫލު ނުހިގާނެއެވެ.

(ނ) މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ މުޢާމަލާތެއްކަމަށް ބަލާނީ އެ މުޢާމަލާތާއިގުޅޭ ރަސްމީ އިދާރާއެއްގެ ލިޔެކިއުންތައް ހުރިނަމައެވެ.

(ރ) މުލަކުގެ ބިމުގެ ތަނަވަސްކަމާއި، އިޤުތިޞޯދީ ޙާލަތަށާއި، އިޖުތިމާޢީ ޙާލަތަށާއި އަދިވެސް މި ނޫނަސް އަންނަ ޙާލަތްތަކާއި ގުޅިގެން މި އުޞޫލަށް އިސްލަހީ ބަދަލުތައް ގެނައުމުގެ ފުރިހަމަ އިޚުތިޔާރު މުލަކު ކައުންސިލަށް ލިބިގެން ވެއެވެ.

މާނަކުރުން

8

(ހ) ކައުންސިލުކަމަށް ބުނެފައި އެވަނީ މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ކަމުގައެވެ.

(ށ) ބަންޑާރަ ގޯތިކަމަށް ބުނެފައި އެވަނީ މުލަކު ކައުންސިލުގެ އިޚުތިޞާޞްގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަށެވެ.

(ނ) "ބިމާއިބެހޭ" ޤާނޫނުކަމަށް ބުނެފައި އެވަނީ ، ޤާނޫނު ނަމްބަރ 2022/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫ) އަށާއި، އެ ޤާ ނުނަށް ގެނެސްފައިވާ އިޞްލާޚުތައް ހިމެނޭގޮތަށެވެ.

(ރ) ޤަވާޢިދުކަމަށް ބުނެފައި އެވަނީ " މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަދާ 30 އޮކްޓުބަރ 2023 ދުވަހު ގެޒެޓުގައި ޝާޢިއު ކޮށްފައިވާ    ނަމްބަރ: 2022/R-181 ޤަވާއިދަށެވެ.

އުޞޫލު ފާސްކުރުން

9

މި އުޞޫލު ފާސްކޮށްފައިވަނީ  23 މެއި 2023 އަންގާރަ ދުވަހު ބޭއްވުނު މުލަކު ކައުންސިލުގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލުސާއަށް ޙާޟިރުވި 5 މެމްބަރުންގެ އިއްތިފާގުންނެވެ.

13 ޖޫން 2023
ހޯދާ