ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)399-EDS/399/2023/96

 

 

އިޢުލާން

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

 

1.       ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

 

2.      ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާޢިލާތަކުގެ ތެރެއިން، ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާޢިލާތަކާއި 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ އާޢިލާތަކުން އަދި 22 ޖޫން 2023އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެ އާޢިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

 

3.      މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

 

4.      މިއަހަރު (1444)ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުށަހަޅަން ނުޖެހޭނެއެވެ.

 

ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަ ޖެހިފައިވަނީ 13 ޖޫން 2023 އިން 22 ޖޫން 2023 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 22 ޖޫން 2023 ވާ ބުރާސްފަތު ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި ފޯމު މި އިދާރާގެ ފޭސްބުކް ޕޭޖުންނާއި ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމްތައް އިވޭލުއޭޓްކޮށްދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިންކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

 

23 ޛުލްޤައިދާ 1444

12 ޖޫން 2023

      

 

12 ޖޫން 2023
ހޯދާ