ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލް އިދާރާގެ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.އަތޮޅު ކައުންސިލް އިދާރާގައި ކުރަން ހުރި މަރާމާތުތައް، އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

12 ޖޫން 2023 އިން

20 ޖޫން 2023 ނިޔަލަށް

20 ޖޫން 2023 ގެ 14:00 ކުރިން، އޮންލައިންކޮށް

މައުލޫމާތު ސާފުކުރުން

21 ޖޫން 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންގ ރޫމް

ބީލަންތައް ހުޅުވުން

2 ޖުލައި 2023

11:00 ހދ އަތޮޅު ކައުންސިލް މީޓިންގ ރޫމް

 

ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

  އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

  ފޯން: 6521646 ، 6521643

  އީމެއިލް: [email protected]

13 ޖޫން 2023
ހޯދާ