މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ބަނދަރު ތަރައްޤީކުރުމަށް އަންނަ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑްކުރުމާއި ސްލިޕްވޭ ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ)ގެ މުވައްޒަފުންގެ އެކަމަޑޭޝަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. އެގޮތުން، ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށް 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭހެން އެކަމަޑޭޝަންއަށް ބޭނުންވާ ގެ 6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. އަދި ދެންނެވުނު ޚިދުމަތްތައް އެއްތަނަކުން ހަމަޖެއްސުމަށްވެސް ބޭނުންވެއެވެ. މީގެއިތުރުން، ޕްރޮޖެކްޓްގެ ސުޕަވައިޒަރ ހުރުމަށްޓަކައި 1 ކޮޓަރި 6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށްވެސް ބޭނުންވެއެވެ.

ވީމާ އިސްވެ ދެންނެވުނު އެކަމަޑޭޝަންގެ ކަންކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2023 ގެ 13:00 ގެ ކުރިން މީލާދީ މަހަކަށް އަގުބަޔާންކޮށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. އަދި ސިޓީއާއެކު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ.

                ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

24  ޛުލްޤައިދާ  1444

13  ޖޫން    2023

13 ޖޫން 2023
ހޯދާ