ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެއަރކޯންގެ އައުޓްޑޯރ ޔުނިޓްތައް ބަދަލުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނުގެ އިދާރާ ހިނގަމުންދާ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގެ އުތުރު ވިންގގެ އެއަރކޯންގެ އައުޓްޑޯރ ޔުނިޓްތައް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އިތުރު މަޢުލޫމާތު

  • މިއެއަރކޯން ޔުނިޓަކީ މި ކޮމިޝަނުގެ އިދާރާ ހިނގަމުންދާ ވެލާނާގޭގެ 12 ވަނަ ފަންގިފިލާގެ އުތުރު ވިންގ ފިނިކުރުމަށް ބޭނުންކުރާ ޔުނިޓެކެވެ.
  • މިހާރު ބޭނުންކުރަމުންދާVRV III Q އެއަރކޮންޑިޝަން ސިސްޓަމް ބަދަލުކުރުން.
  • އައު އައުޓްޑޯރ ޔުނިޓްތައް އިންސްޓޯލްކުރަން ބޭނުންވަނީ މިހާރުވެސް ބޭނުންކުރާ އިންޑޯ ޔުނިޓްތައް ބޭނުންކުރެވޭ ގޮތަށެވެ.
  • އައު އައުޓްޑޯރ ޔުނިޓް ސަޕްލައިކޮށްދޭ ފަރާތުން އިންސްޓޯލްކޮށްދިނުމާއި މިހާރު ބޭނުންކުރާ އައުޓްޑޯރ ޔުނިޓް ވެލާނާގޭގެ ގްރައުންޑް ފްލޯރގެ މެއިންޓެނަންސް އޮފީހަށް ގެނެސްދޭންވާނެއެވެ.
  • އެއަރކޮންޑިޝަން ސިސްޓަމްގެ އިންސިއުލޭޝަން ބަދަލުކުރުން.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޮމިޝަންގެ އިދާރާ (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ހުންނަ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    11 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 11:00 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް
  • ފޯން:  3307345 / 3303647
  • ފެކްސް: 3303648
  • އީމެއިލް: [email protected]
  • ވެބްސައިޓް: www.csc.gov.mv

07 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ