މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ސަރަހައްދަށް އަރާގޮތަށް ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން

 

ފުޓްބޯޅަދަނޑުގެ ސަރަހައްދަށް އަރާގޮތަށް ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން  

މިރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅަދަނޑުގެ މަޝްރޫޢަށް ބޭނުންކުރާ ބިމުގައި ހުރި  ރުއްގަހުގެ ވެރިން ހޯދުމަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ނަންބަރު 1 އިން 101 އަށް  ޖަހާފައިވާ ފޯދުނު 101 ރުއް  
  • ނަންބަރު 1 އިން 17 އަށް ޖަހާފައިވާ ނުފޯދޭ 17  ރުއް
  • ނަންބަރު 1 ން 15  އަށް  ޖަހާފައިވާ 15 ގަސް ހިރުނދު
  • ނަންބަރު 1 ން  11 އަށް ޖަހާފައިވާ 11 ގަސް މިދިލި
  • ނަންބަރު 1 ން  2 އަށް ޖަހާފައިވާ 2 ގަސް ވަރުކަނދު
  • ނަންބަރު 1 ޖަހާފައިވާ 1 ގަސް ދިއްގާ
  • ނަންބަރު 1 ން 2 އަށް ޖަހާފައިވާ 2 ގަސް ފުނަ
  • ނަންބަރު 1 ން  18 އަށް ޖަހާފައިވާ 18 ގަސް ފޯދުނު މެދުކަށިކެޔޮ
  • ނަންބަރު 1،3،4،5،6،7،8،9 ޖަހާފައިވާ 8 ގަސް ބަނބުކެޔޮ

                             ވީމާ މަތީގައި ދެންނެވިފައިވާ ރުއްގަހުގެ ވެރިން 02 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަހުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްގަހަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް  މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި ރުއްގަސްހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ކަނޑާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ.

                           މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

13 ޖޫން 2023
ހޯދާ