މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުންނާއި ބަންދު މީހުންނަށް ކައްކައި ކާންދިނުމާބެހޭ

މި ސަރވިސްގެ ދަށުން ހިނގަމުންދާ ހުޅުމާލެ ޖަލުގެ މުވައްޒަފުންނާއި، ބަންދު މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)167-167-CC/PR/1/2015/1) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެއް ފަރާތުން ކަމުގައިވާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސްގެ ދަށުން ހިނގަމުންދާ ހުޅުމާލެ ޖަލުގެ މުވައްޒަފުންނާއި، ބަންދު މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މިއޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

08 ފެބުރުވަރީ 2015

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހެޅުން

12 ފެބުރުވަރީ 2015

ބުރާސްފަތި

11:00

07 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ