މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫމަރާ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

ނޫމަރާ ޕްރީސްކޫލްގައި ތަޢުލީމް ހާޞިލުކުރުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

 

2024-2023 ވަނަ ތަޢުލީމީ ދިރާސީ އަހަރު ނޫމަރާ ޕްރީސްކޫލް ނާސަރީ އަދި ބޭބީ ނާސަރީގައި ތަޢުލީމް ހާޞިލުކުރުމަށް އެދޭ ދަރިވަރުން ނޫމަރާ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.

ނޫމަރާ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖޫން 2023 ން ފެށިގެން 20 ޖުލައި 2023 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް މިއިދާރާގެ އިންނެވެ. އަދި ފޯމް ބަލައިގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ވާހަކަ ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ބޭބީ ނާސަރީއާއި ނާސަރީއަށް ރަޖިސްޓްރީ ކުރުމުގައި އުމުރު ބެލުމަށް ހަމަޖެހިފައިވަނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 1 އޯގަސްޓް 2023 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.

 

ގްރޭޑް

2024-2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ

ބޭބީ ނާރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން

ނަރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

 

                  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24 ޛުލްޤަޢިދާ 1444

13 ޖޫން 2023

13 ޖޫން 2023
ހޯދާ