މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

            މިފުރުސަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީ ވެފައިވާ އާއިލާތަކުން އަލުން ރަޖިސްޓްރީ ވާން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް، ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އާއިލާތަކުގެ ތެރެއިން 22 ޖޫން 2023 އަށް 18 އަހަރު އަދި 65 އަހަރު ފުރޭ މީހަކު ހިމެނޭ އާއިލާތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

            ފަޤީރުންގް ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު 12 ޖޫން 2023 އިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް 21 ޖޫން 2023 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

            23 ޛުލްޤަޢިދާ 1444

12 ޖޫން 2023
ހޯދާ