ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

އަންދާސީހިސާބު ބޭނުންވެއްޖެ

2015 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި 2 ކޮޓަރިއާއި ސިޓިންގރޫމާއި ކާކޮޓަރިއާއި ބަދިގެއެއް އެކުލެވޭ ގޮތަށްހުރި ގެއެއް މަހު ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 8 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު   10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މަހުކުލި އެނގޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ގޭގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު އެނގޭނޭފަދަ ލިޔުމަކާއި ކުއްޔަށްދޭ ގޭގެޗާޓު (ފުލޯޕުލޭން) ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނަށެވެ.

8 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ