ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 12 ޖޫން 2023 އިން 22 ޖޫން 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން  އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް  / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ހާލަތަށް ބަދަލުއައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަށްވެސް އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2023 އިން 22 ޖޫން 2023 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 ޖޫން 2023 އިން 22 ޖޫން 2023 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން '' ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް '' ފުރުއްވުމަށްފަހު 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2023
ހޯދާ