ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ކުޅުދުއްފުށިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 12 ޖޫން 2023 އިން 22 ޖޫން 2023 ގެ ނިޔަލަށް ހުޅުވާލަމެވެ.

1444 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރި ނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތަށްވެސް އަލުން ފޯމު ހުށައަޅަންޖެހޭނެއެވެ.

ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންނެވެ.

ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 12 ޖޫން 2023 ން 20 ޖޫން 2023 އަށް ރަސްމީ ދުވަސްތަކުގައި: 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން
  • ފޯމް ބަލައިގަތުން: 12 ޖޫން 2023 ން  22 ޖޫން 2023 އަށް ރަސްމީ ދުވަސްތަކުގައި: 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޖޫން 2023
ހޯދާ