ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ފޯޓިގޭޓް ފަޔަރވޯލް 100D ރިޕްލޭސްކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޓުގެ ފޯޓިގޭޓް ފަޔަރވޯލް 100D ރިޕްލޭސްކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހު 10:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ.  

އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ
21 ޖޫން 2023 ވަނަ ދުވަހުގެ 09:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

12 ޖޫން 2023
ހޯދާ