މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން

       މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން މިކަމަށް އެދޭ ފަރާތްތަކުން 2023 ޖޫން 12 އިން 2023 ޖޫން 22 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

   މީގެ އިތުރުން މި ހިނގާ 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. އެހެންނަމަވެސް، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާތަކުގެ ތެރެއިން، ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ ޢާއިލާތަކާއި، 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ ޢާއިލާތަކުން އަދި 2023 ޖޫން 22 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ، އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އަދި މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

     ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭފޯމު ރަސްމީގަޑީގައި މިއިދާރައިގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަދެންނެވީމެވެ.

  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖޫން 2023
ހޯދާ