މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

 

ޕްރޮޖެކްޓް ނަންބަރު:  PC-942023W-22

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް އިމާރާތް (އައްޑޫ ސިޓީ، މަރަދޫ) ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ (IUL)94-Q/94/2023/20 ގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި އިޢުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
  2. މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 އަށް މޯލްޑިވްސް އިމިގްރޭޝަން ސަދަންރީޖަނަލް އޮފީސް (ސ. މަރަދޫ/ ރައްވެހިގެ، މުދިންގޭމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 09 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 11:00:00 އަށް އައްޑޫ ސިޓީގެ އޮފީސް (ސ. މަރަދޫ/ ރައްވެހިގެ، މުދިންގޭމަގު) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476 , +960 3330470

އީމެއިލް  : [email protected]

ކޮޕީ    : [email protected]   

 

12 ޖޫން 2023
ހޯދާ