ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު 12 ޖޫން 2023ން 22 ޖޫން 2023ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ދުރާލާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. 2023 ޖޫން 12ވާ ހޯމަ ދުވަހުން ފެށިގެން މިކަމަށް އެދޭ ފޯމް ކައުންސިލުން ލިބެން ހުންނާނެއެވެ.

ފޯމް ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެން:

  • މިއަހަރު (1444)ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ލިބފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުށަހަޅަން ނުޖެހޭނެއެވެ.
  •  ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާޢިލާތަކުގެ ތެރެއިން، ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާޢިލާތަކާއި 65 އަހަރު ފުރިގައިވާ މީހުން ހިމެނޭ އާޢިލާތަކުން އަދި 22 ޖޫން 2023އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެ އާޢިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.
  • މިހާރު ރަށުގައި ދިރިނޫޅޭ ފަރާތްތަކާއި، ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައްވެސް އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމްތައް އިވޭލުއޭޓްކޮށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިންނެވެ. ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް ހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

12 ޖޫން 2023
ހޯދާ