ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓެއްޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދ.ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި މަސްމާރުކޭޓެއް އަޅާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: C-381/IUL-2023/35 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބްގެ އަގު އެކަށީގެން ނުވާތީވެ، އެ އަންދާސީ ހިސާބު ބާޠިލްކޮށްފީމެވެ. އަދި އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިދީފައިވާ މަޢުލޫމާތާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 12 ޖޫން 2023 އިން 19 ޖޫން 2023 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މަސައްކަތާއި ބެހޭ ޕްރީބިޑް މީޓިން އޮންނާނީ 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  • ބީލަން ހުށައެޅުން އޮންނާނީ 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން:  1430Revenue  1 

- ފޯން : 790815

- އީމެއިލް: [email protected]

11 ޖޫން 2023
ހޯދާ