މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2023 ސެޕްޓެމްބަރ 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ 2023 ޖޫން 11 ވީ އާދީއްތަ ދުވަހު ވަނީ ޢާންމުކޮށްފައެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި، ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ވެބްސައިޓް (www.kendhikulhudhoo.gov.mv) އާއި ކައުންސިލްގެ މީސްމީޑިއާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.  

މީގެ އިތުރުން (VR space IDNO Send to 1414) އެއް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ 2023 ޖޫން 11 އިން 2023 ޖޫން 22 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓިކައުންސިލް އިރާއިންނެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވިމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ނ. ކެނދިކުޅުދޫ މީހުންގެ ރަޖިސްޓަރީއާއި ޝަކުވާ ހުށަހަޅާފޯމު މި އިޢުލާނާއިއެކު އެއްކަރުދާސްކޮށް ޢާންމުކުރަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

22 ޛުލްޤަޢިދާ  1444

11  ޖޫން    2023

11 ޖޫން 2023
ހޯދާ