މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

 

 

  •  

މަޤާމް:  އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:   އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލްގެ އިދާރާ 

ޔުނިޓް:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

ވަޒީފާއަދާ ކުރަންޖެހޭތަން: ނ.ވެލިދޫ ކައުންސިލްގެ އިދާރާ  

މަޤާމުގެގިންތި: ވަގުތީ (މިމަޤާމަށް ހަމަޖައްސާ ވަގުތީ މުވައްޒަފް ގެންގުޅެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.)                

މަޤާމުގެ މުސާރަ:    -/5020 ރުފިޔާ

ސަރވިސްއެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ ޢަދަދު:    01    

 

 

މަޤާމުގެ ޝަރުތުތައް: 

  1. 1.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުން.

ނުވަތަ

  1. 2.      މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑްލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. 3.      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެއިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު އެމަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން.

 

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ރަށުކައުންސިލުންނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
  2. ރަށުފެންވަރުގައި ރަށުކައުންސިލުންދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  4. ރައްޔިތުންގެ ބޭސްފިހާރަ (ދޯދާރި) ހިންގުން.(ބޭސްގެނައުމާއި އެންމެހާ ހިސާބުތައް ބެލެހެއްޓުން)
  5. ރަށުތަރައްޤީއަށް ހިންގޭޕްރޮގްރާމްތަށް ހިންގާނެފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
  6. ކައުންސިލްގެނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އިންވެސްޓް ކުރުމާއި، އަދި މިއިންވެސްޓްމަންޓްތައް ކައުންސިލްގެނަމުގައި މިލްކްކުރުމުގެ އެންމެހާ މަސައްކަތްކުރުން.

 

  1. ކައުންސިލްބެލުމުގެދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭމުދާ ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން.
  2. ދިވެހިރާއްޖޭގެ ޤާނޫނުތަކާއެއްގޮތްވާގޮތުގެމަތީން ރަށުގެފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  3. ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރުން.
  4. ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާއިބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
  5. ރަށުކައުންސިލްގެނަމުގައި ހުންނަ ފަޅުރަށްރަށާ ވެހިކަލްތަކާއި، ބިންބިމާ ޢިމާރާތްތަކާއި އެފަދަތަންތަނާއި، ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށްދޫކުރުމާއިބެހޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތު ހިންގުން.
  6. ރަށުގައިހުރި އޮޑިދޯނިފަހަރާއި، ވެހިކަލާއި، ވިޔަފާރިކުންފުނިތަކާއި، ޖަމްޢިއްޔާތަކުގެ މަޢުލޫމާތުއެއްކޮށް ބެލެހެއްޓުން.
  7. ނ.ވެލިދޫކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގާހުރި އެންމެހާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  8. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.މުސާރަހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި ފައިސާ ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

-          އިކޮނޮމިކްގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ

-          ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަންދަންނަ މިންވަރު

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން

 

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

 

-          މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ފެބުރުއަރީ މަހުގެ މެދުތެރޭގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 08 ފެބުރުއަރީ 2015 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

 

 އުޖޫރައާއި އިނާޔަތްތައް:

        ކައުންސިލް އިދާރާއިން ހަމަޖައްސާފާއޮންނަ އުޞޫލާއެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ސިވިލްސަރވިސް ކޮމިޝަނުން  ކަނޑައަޅާފައިވާ އެލަވެންސްއާއި އިނާޔަތް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

 

  1. ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.

 

                   

07 ރަބީޢުލްއާޚިރު 1436  

28  ޖަނަވަރީ   2015

28 ޖަނަވަރީ 2015
ހޯދާ