މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް ވަގުތީ ގޮތުން މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ.އެސް 3

ކްލެސިފިކޭޝަން :                  އޮފިސަރ ގރ. 1

މުސާރަ :                      -/4465 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރަންޖެހޭ މުއްދަތު:          1 އަހަރު ދުވަސް

ގިންތި:                        ވަގުތީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކިޔަވައިދެއްވާ މުދައްރިސުންނަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި، މަރުކަޒީ އިދާރާ އަށް ކޯސްތައް ހިންގުމުގައާއި އެކިއެކި ގޮތްގޮތުން މިޕޮލިޓެކްނިކުން ފޯރުކޮށްދޭންޖެހޭ ކަންކަމުގައި މަސައްކަތައް ކުރުން. އޭގެ ތެރޭގައި:

  1. އެކިއެކި ކަންކަމުގައި އޮފީހަށް ހިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނާއި އަދި އެހެނިހެން މީހުންނަށް އަވަސް ޚިދުމަތެއް ދިނުން.
  2. އެކި މާއްދާތަކުގެ ފިލާވަޅު، ޓެސްޓް ޕޭޕަރ ފޮޓޯކޮޕީ ނެގުން.
  3. އިންޑަސްޓްރިއަލް ޓްރެއިނިންގ އަށް ބޭނުންވާ އެންމެހައި ކަންތައްތައް ކުރުމާއި ދަރިވަރުންނާއި ބެހޭ ސިޓީތަކަށް ޖަވާބުދިނުން.
  4. ދަރިވަރުންގެ އެޓެންޑެންސް ޝީޓުތައް ތައްޔާރުކުރުމާއި ދަރިވަރުންގެ ރިޒަލްޓްސްތައް އަޕްޑޭޓްކޮށް ޓްރާންސްކްރިޕްޓް ތައްޔަރުކުރުން.
  5. ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންގެ ނޯޓިސްބޯޑްތަކަށް އަރުވަންޖެހޭ އެއްޗިހި އަރުވާ އަޕްޑޭޓްކުރުމާއި ރާއްޖެތެރޭ ސެންޓަރުތަކުގެ ނޯޓިސްބޯޑަށް އަރުވަންޖެހޭ އެއްޗިހި އެސެންޓަރުތަކަށް ފޮނުވުން.
  6. ދަރިވަރުންގެ އެންރޯލްމަންޓްއާއި ބެހޭ އެންމެހައި މަސައްކަތް ކުރުން.
  7. އެޑްވާންސްޑް ސްޓޭންޑިންގ ފޯމް އަދި ކްލިއަރެންސް ފޯމުތައް ބަލައިގަނެ ފުރިހަމަކުރުން.
  8. ދަރިވަރުންގެ ޓައިމްޓޭބަލް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި ދިގުމުއްދަތު އަދި ކުރުމުއްދަތުގެ ސެޓްފިކެޓްތައް ތައްޔާރުކުރުން.
  9. ޕާރޓްޓައިމް ލެކްޗަރަރއިންގެ އެޓެންޑެންސް ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން.
  10. އޮފީސް ޑިއުޓީ އަދާކުރުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 9 އިން 12 ފެބުރުވަރީ 2015އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ.   

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 8 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

27 ޖަނަވަރީ 2015
ހޯދާ