އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީ ބިން ތަކުގައިވާ ރުއްގަސް ނީލަން ކިޔުން

        ތިރީގައި މި ދައްނަވާ ސަރަހައްދު ތަކުގައިވާ ރުއްތަކާއި ބަބުކެޔޮ ގަސްތައް 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް

ދިނުމަށް ކައުންސިލުން ވަނީ ނިއްމާފައެވެ.

 

*     މާމިސްކިތު ގޯތި ތެރެޔާއި ގަބުރުސްތާނުގައިވާ ރުއްތައް

*     ވަޅުމަގުގައި ހުރި ކައުންސިލްގެ ރުއްތައް

*     މާމިސްކިތުގެ ގަބުރުސްތާނު ކައިރީގައި ހުރި ބަބުކެޔޮގަސްތައް

 

     މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 

2000 ރުފިޔާ ޑިޕޮސިޓުފައިސާގެގޮތުގައި  ކައުންސިލުގައި ބަހައްޓަވަން ޖެހޭނެއެވެ

     ނީލަން ކިޔުން އޮންނާނީ 18 ޖޫން 2023 ވާ އާދިއްތަ ދުވަހު 09:30 ގައި ތޮއްޑޫ ކައުންސިލް އިދާރާގައެވެ. ނީލަމުގައި

ރުއްތައް ކުއްޔަށް ނަގާފަރާތްތަކުން ކައުންސިލަށް ދައްކަވަންޖެހޭފައިސާ 3 ދުވަހުގެ ތެރޭގައި ނުދައްކަވައިފިނަމަ ޑިޕޮސިޓުގެ ގޮތުގައި

ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. އަދި ފައިސާ ނުދައްކާ ރުއްތައް އަލުން ނީލަން ކިޔޭނެ ވާހަކަ ދައްނަވަމެވެ.

     ވީމާ މިކަން ރައްޔިތުންނަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖޫން 2023
ހޯދާ