ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެމަތިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވިފައިވާ ރަށަކަށް ހެދުމުގެ މަޤްސަދުގައި ގޭގެއިން ކުނި ނެގުމުގެ މަސައްކަތުގެ ތެރެއިން ކަނޑަށް ބޭރުކުރަންޖެހޭ ބާވަތުގެ ކުނި ބޭރުކުރުމަށްޓަކައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަނޑުއުޅަނދެއް ބޭނުންވެއެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 11 ޖޫން 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.office.com/r/A13PYsSDsg މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ.

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

11 ޖޫން 2023
ހޯދާ