ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ ހުޅަނގުން އޮތް ހުސްބިމުން 600އަކަފޫޓްގެ ބިން މުވާސަލާތީ ބޭނުންތަކަށް ކުއްޔަށް ދޫކުރުން

މުވާޞަލާތީ ބޭނުންތަކަށް ބޭންކު އޮފް މޯލްޑިވްސް ފ.ނިލަންދޫ ބުރާންޗުގެ ހުޅަނގުން އޮތް ހުސް ބިމުން 600  އަކަފޫޓުގެ ބިން 01 ޖުލައި 2023 އިން ފެށިގެން 05 (ފަހެއް ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މިބިމަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/0.70 (ހަތްދިހަ) ލާރިއެވެ.

ބިން ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ޖޫން 18 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މުވާޞަލާތީ ބޭނުންތަކަށް ބޭންކު އޮފް މޯލްޑިވްސް ފ.ނިލަންދޫ ބުރާންޗުގެ ހުޅަނގުން އޮތް ހުސްބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިންކުއްޔަށް ހިފުމަށް ސިޓީ ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީތައް ބަލައެއް ނުގަނެވޭނެއެވެ.

އަދި ދަންނަވަމެވެ. މިބިމަށް އެދި ސިޓީ ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭނާއި ، މުވާސަލާތީ ޚިދުމަތް ދިނުމުގެ ހުއްދައާއި ، ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހަޅުއްވަން ވާނެއެވެ. ބިން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޛުލްޤައިދާ  1444

8 ޖޫން   2023

 

                                 ޢަލީ އަޙްމަދު

                                  ފ.ނިލަންދޫ ކައުންސިލްގެ ރައީސް

               

08 ޖޫން 2023
ހޯދާ