މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ / ރިސެޕްޝަން

ވަޒީފާގެ ފުރުޞަތު


މަޤާމު

ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1 އަހަރު ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެޗް.އާރ އެންޑް އެޑްމިން ޑިޕާރޓްމަންޓް/ ރިސެޕްޝަން / ހެޑް އޮފީސް، މާލެ

ޖުމްލަ މުސާރަ:

10،201.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޯ.ލެވެލް އިމްތިޙާނުން ތިންމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި'  މިމާއްދާއިން އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި ގުޅުންހުރި ދާއިރާއެއްގައި ވަޒީފާގައިއުޅެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކުންފުނީގެ ފަރާތުން ސަރުކާރު އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ޙަވާލުކުރުމަށާއި ފޮނުވުމަށް ދެވޭތަކެއްޗާއި ލިޔެކިޔުން އެފަރާތްތަކާއި ޙަވާލުކުރުން.
  2. ކުންފުންޏަށް ބޭރުންލިބޭ އެންމެހައި ޑޮކިއުމަންޓްތަކާއި އިންޓަރނަލް ޑޮކިއުމަންޓް ރިސީވްކޮށް އަދި މާސްޓަރ ރެޖިސްޓަރ އެއްގައި އެންޓަރކޮށް ޑިޕާރޓްމަންޓްތަކަށް ރޫޓްކުރުމަށް ކަނޑައެޅިފައިވާ އުޞޫލުން އެއްވެސް ލަސްކަމެއްނެތި ވަގުތުން ވަގުތަށް ހަމަޖެއްސުން.

   3. ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހާ މަސަތްކަތްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ޖޮބް އެޕްލިކޭޝަން ފޯމް ހުށަހެޅުން (ޖޮބް އެޕްލިކޭޝަން ފޯމް އެޓޭޗްކުރެވިފައި) 

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 15 ޖޫން 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޖޫން 2023
ހޯދާ