ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް 2023

އިޢުލާން

 

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް 2023

 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ހިންގާ ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް 2023 08 ޖުލައި 2023 އިން 15 ޖުލައި 2023 އަށް މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 20 ޖޫން 2023 ވާ އަންގާރަ ދުވަހު ޝާޢިއުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯނު ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

10 ޖޫން 2023
ހޯދާ