މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރި"ލިޓްލް ބިގް ފެސްޓިވަލް" ގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލުމާއި ގުޅޭ

ނ. ކުޑަފަރި ކައުންސިލުން އިންތިޒާމްކޮށްގެން 10 ޖޫން 2023 ވާ (ހޮނިހިރު) ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލިޓްލް ބިގް ފެސްޓިވަލް" ގައި ނ. ކެނދިކުޅުދޫއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓްގައި ކެނދިކުޅުދޫގެ ޘަޤާފަތާއި އަމިއްލަވަންތަ ކެއިންބުއިމުގެ ބާވަތްތައް ޕްރޮމޯޓްކުރުމުގެ ގޮތުން ސްޓޯލެއް ވަނީ ތައްޔާރުކުރެވިފައެވެ. މިފެސްޓިވަލަކީ އަތޮޅުގެ ގިނަ ރަށްރަށާއި، ރިސޯޓްތަކާއި އަވަށްޓެރި އަތޮޅުތަކުގެ ގިނަބަޔަކު ބައިވެރިވާގޮތަށް އިންތިޒާމްކުރެވިފައިވާ ފެސްޓިވަލްއަކަށްވެފައި، މިއިވެންޓްގައި ކެނދިކުޅުދޫގެ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވުމަކީ މުޅި ރަށަށް ލިބޭނެ ޝަރަފެކެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއިވެންޓްގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

19 ޛުލްޤައިދާ  1444

08  ޖޫން    2023

08 ޖޫން 2023
ހޯދާ