ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޕްރީ-ސުކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

              މިއިދާރާއިން ހިންގާ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތަކަށް ކުދިން ވެއްދުމަށް އެދިލައްވާ ބެލެނިވެރިން، މިއިދާރާއިން ދޫކުރާ ކުދިން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.  

  • ބޭބީ ނާސަރީ އަދި ނާސަރީ އަށް ވެއްދޭނީ 2023 ވަނައަހަރުގެ އޮގަސްޓް މަހުގެ 1 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތައް ޢުމުރު ހަމަވާކުދިންނެވެ.

ގްރޭޑް

2024-2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

                ފޯރމް ހުށައެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ކުދިން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ 6500023 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                          19 ޛުލްޤައިދާ 1444     

                           08 ޖޫން 2023  

08 ޖޫން 2023
ހޯދާ