ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވިލުފުށީ ޢީދުފޯރި – އަޟްޙާޢީދު 1444"ގެ ހަރަކާތްތަކުގައި މޭޒު ބަހައްޓައިގެން ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި "ވިލުފުށީ ޢީދުފޯރި – އަޟްޙާޢީދު 1444" މިނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އާއިލީ ހަވީރު ކުރިއަށްދާ ވަގުތު ކެންޓީން/މޭޒު ބަހައްޓައިގެން ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިފުރުޞަތުގައި ދޫކުރުމަށް ކަނޑައެޅިފައިވަނީ އާއިލީ ހަވީރު ކުރިއަށްދާ ސަރަހައްދުން (ފުޓުބޯޅަ ދަނޑުން) 4 ގޮޅިއެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ. މިއިން ކޮންމެ ގޮޅިއަކަށްވެސް ހުށަހެޅޭނެ އެންމެ ކުޑައަގަކީ -/50 ރުފިޔާ އެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް ހާއްސަކުރެވިފައިވާ އަގު ހުށަހަޅާ ފޯމް ފުރިހަމަކޮށް 2023 ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލްއިދާރާއަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި ފުރުޞަތުގައި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މުއައްސަސާ / ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

07 ޖޫން 2023
ހޯދާ