މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާ ތަމްސީލްކުރާނެ ޤާނޫނީ ވަކީލުން ބޭނުންވެއްޖެ.

     މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 14 ޖޫން 2023 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކ.ގުޅީ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 20 ޖޫން 2023 ވަނަ ދުވަހު 13:00 ގައި ކ.ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިގައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމުން ކަމާގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ. ބިޑް ހުށައެޅުމާއި ގޮތުން އެއްވެސް ސުވާލެއްވާނަމަ، [email protected] އަށް މެއިލް ކުރެވުން އެދެމެވެ. ނުވަތަ 6640068 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

     އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. 

07 ޖޫން 2023
ހޯދާ