ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާ ޕްރޮޖެކްޓުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ  ފެންހޮޅި ވަޅުލުމަށްޓައި، ޓޮޕާޒްގޭގެ އިރުމަތީން، ޒިޔާރަތް މަގުގައި ހުރި، މި އިދާރާއިން ރަތްކުލައިގެ ދަވާދުން (1 އިން 34) އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2023 ޖޫން 14 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުން އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

     ފޯމްގެ ލިންކް: https://tinyurl.com/yck97wp9

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

07 ޖޫން 2023
ހޯދާ