އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު

އދ.ދިއްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ މަރާމާތު ކުރުމަށް، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މީހުން ނެގުމާ ގުޅޭ

ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ. 

މަޤާމް:                        މަސައްކަތު

ސެކްޝަން / ޔުނިޓް:          އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް 

ވަޒީފާ އަދާކުރަންޖެހޭ ތަން:     އދ.ދިއްދޫ ކައުންސިލް އިދާރާ 

މުސާރަ  :                      ވަޒީފާއަށް ނުކުންނަ ކޮންމެ ގަޑިއިރަކަށް -/100 

ބޭނުންވާ އަދަދު              :  5

މަޤާމުގެ މަސްއޫލިއްޔަތު:

1. އދ.ދިއްދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ މަރާމާތު ކުރުން

ޝަރުތު:

1. ސިއްޙަތު ސަލާމަތުން ހުރުން

2. މަރާމާތުގެ މަސައްކަތް ދަންނަ މީހެއް ކަމުގައިވުން

ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް: (%)

 އިންޓަރވިއު 100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 11 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އދ.ދިއްދޫ ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއި އެކު އައި.ޑީ ކާޑު ކޮޕީ އަދި އެހެނިހެން ލިޔުންތަށް ހިމެނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6680057 ފޯނާ ގުޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ  [email protected] އެވެ. 

 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ޖޫން 2023 ވާ ހޯމަ ދުވަހު އެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއް. 
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ / ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

އިތުރު މަޢުލޫމާތު: އިތުރުމަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680057 ނަންބަރު ފޯނާއެވެ. 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

 

07 ޖޫން 2023
ހޯދާ