މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
320 ޕޮލިސް ވެސްޓް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގެ ބޭނުމަށް 320 ޕޮލިސް ވެސްޓް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން ކުރި މިސަރވިސްގެ ނަންބަރު H3(PU)/IUL/2015/24-ފ171 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާޠިލުކޮށް، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 01 ފެބުރުވަރީ 2015 އިން ފެށިގެން 2015 ފެބުރުވަރީ 03 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ (ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ބީލަންފޮތް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބީލަން ފޮތް ބައްލަވައިގަންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ނަންނޯޓް ކުރައްވަންވާނެއެވެ.
  4. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ފެބުރުވަރީ 04 ބުދަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގގައެވެ.
  5. ބީލަންފޮތްތައް ބައްލަވައިގެންފައި ވީނަމަވެސް މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
  6. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ފެބުރުވަރީ 03 ވާ އަންގާރަ ދުވަހުގެ 16:00ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  7. ބީލަން ހުޅުވުން އޮންނާނީ 16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  8. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
28 ޖަނަވަރީ 2015
ހޯދާ