ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށް ފެހިކުރުމުގެ ގޮތުން ރަށުގައި ގަސް އިންދުމާގުޅޭ

މިއަހަރުގެ ތިމާވެށީގެދުވަސް ފާހަގަކުރުމާ ގުޅުވައިގެން މިކައުންސިލާއި،  މުއައްސަސާތަކާއި، ރައްޔިތުން ގުޅިގެން ރަށުގެ ގްރީންޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންބިމުގައި ހިޔާ އަދި ކާނާލިބޭ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން އަނބު، ބަނބުކެޔޮ، ނިކަ، ކިނބި ގަސް، އަދި މީގެ އިތުރުންވެސް ތަފާތު ހިޔާލިބޭ އާއްމު ސަރަޙައްދުތަކުގައި ޖެހުމަށް ރަނގަޅު ގަސް މިކައުންސިލަށް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

            ވީމާ މިޕްރޮގްރާމަށް ގަސް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހަދިޔާކުރައްވާ ގަހުގެ ބާވަތާއި ޢަދަދު 2023 ޖޫން 13 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ގުޅުއްވައިގެން ނަންނޯޓް ކޮށްދެއްވުން އެދެމެވެ.

07 ޖޫން 2023
ހޯދާ