ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫއިން ދަނޑުބިން ދޫކުރުމާއި ގުޅޭ

ނޭކުރެންދޫ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދުން މި ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހދ.ނޭކުރެންދޫއިން ވިޔަފާރީތަކަށާއި އާންމުދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނޭކުރެންދޫ ކައުންސިލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް އެދި ހުށައަޅާފޯމް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއެކު " ހދ.ނޭކުރެންދޫއިން ދަނޑުބިން ދޫކުރުމުގެ އުޞޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޒުލްޤަޢިދާ 1444

07 ޖޫން 2023

07 ޖޫން 2023
ހޯދާ