ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ގޭބިސީތަކުންނާއި، ވިޔަފާރިކުރާތަންތަނުން ކުނި ނަގާދިނުމާއި، ކުނި ނައްތާލަދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނޭ މުވައްޒަފުން ހޯދުން.

                                                                  އިޢުލާނު        

ކޮންޓްރެކްޓް އުސޫލުން ގޭބިސީތަކުންނާއި، ވިޔަފާރިކުރާތަންތަނުން ކުނި ނަގާދިނުމާއި، ކުނި ނައްތާލަދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނޭ މުވައްޒަފުން ހޯދުން.

               މިއިދާރާއިން ދެމެހެއްޓެނިވިގޮތުގައި ރައްކާތެރިކަމާއިއެކު ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި، މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ ޢަދަދު: 6 (ހައެއް)

މުއްދަތު: 12 މަސް ދުވަސް

މުސާރަ: -/5500  (ފަސްހާސް ފަސްސަތޭކަ) ރުފިޔާ.

އިތުރު ގަޑީގެ ފައިސާ: ސިވިލަ ސާވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާދޭ އުސޫލުން.

ރަމަޟާން މަހުގެ އިނާޔަތް. -/3000ރ

މަސައްކަތްކުރާންޖެހޭ ގަޑީގެ ޢަދަދު: ދުވާލަކު 5 ގަޑިއިރު.

ޔުނިޓް: މުނިސިޕަލް ސާރވިސް އެންޑް އިންސްޓްރަކްޗަރ ޑެވެލޮޕްމަންޓް

މަޤާމްގެ ޝަރުތު: 

       މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއި އެކު

1 18 އަހަރާއި 55 އަހަރާދެމެދުގެ ޢުމުރެއްގެ މީހެއްކަމުގައިވުން.

2 އެކި މޫސުންތަކުގައި، އަތްވާ އަދި ހިޔަލުގައި މަސައްކަތް ކުރެވޭވަރުގެ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

3 މަސައްކަތަށް ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި އެތަކެއްފަހަރު 50(ފަންސާސް) ކިލޯގްރާމަށްވުރެ ބަރުނޫން ތަކެތި އުފުލޭ ފެންވަރުގެ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1 ގޭބިސީތަކުންނާއި، ވިޔަފާރިކުރާ ތަންތަނުންނާއި، އެހެނިހެން އިމާރާތްތަކާއި، ގޯތިތަކާއިބިންތަކުން ކުނި ނެގުމަށް ކައުންސިލުން ކަނޑައަޅާފައިވާ ތަވާލާއި، ގަޑިތަކާއި އަދި ޗާޓާއި އެއްގޮތަށް  ކުނިނަގައި ކުނި ކޮށްޓަށް ގެންދިއުން؛

2 ކުނި އުފުލުމުގެ ތެރޭގައި މަގުތަކާއި ގޯޅިތަކަށް އަދި ބިންގަނޑަށް ނުފައިބާނޭހެން ކުނި އުފުލާ އުޅަނދަށް ކުނިއެރުވުމާއި، އުޅަނދުގައި ކުނި ޖެއްސުމާއި، ބެހެއްޓުމާއި، ރައްކާކުރުމާއި، އުޅަނދުގައި އުފުލާ ކުނި ނުފެންނާނޭހެން ބަންދުކުރުން.

3 ކުނި އުފުލުމަށް ހަވާލުކުރާ އުޅަނދާއި، އިކުއިޕްމަންޓާއި، އެހެނިހެން ޢާލަތްތައް ސާފުކޮށް ރައްކައުތެރިކަމާއިއެކު ބެލެހެއްޓުމާއި، ކައުންސިލުން އަންގާގޮތެއްގެ މަތީން އެތަކެތީގެ މެއިންޓެނެންސާއި، ސާވިސްތައް ކުރުން.

4 ކުނި ކޮށި ސާފުކޮށް ބެލެހެއްޓުމާއި، ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކުނިކޮށި މަރާމާތުކުރުމާއި، ކުނިކޮށީގައި ބެހެއްޓިފައިވާ މެޝިނަރީއާއި،އިކުއިޕްމަންޓްތައް އޮޕަރޭޓްކުރުމާއި، މެއިންޓެނެންސާއި ސާވިސްކުރުން؛

 

5 ކައުންސިލުން ކަނޑައަޅާފައިވާ ގިންތިތަކަށް ކުނި ވަކިކޮށް، އެގިންތިއަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ތަރުތީބުން ކުނި ޖެއްސުން ނުވަތަ ބެހެއްޓުން؛

6 ގުދުރަތީގޮތުން ފަނާވެދާ ބާވަތްތަކުގެ ކުނީން ކާދުހެދުން؛

7 ގުދުރަތީ ގޮތުން ފަނާވެދާ ކުނި ފިޔަވައި ބާކީހުންނަ ހަރުކުނީގެ ތެރެއިން ރީސައިކަލް ކުރެވޭ ކުންޏާއި، ރީސައިކަލް ނުކުރެވޭ ކުނި ވަކިކޮށް ތަރުތީބުން ބެހެއްޓުން.

8 ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ކުނިއެންދުން.

9 ދަޅު އަދި ފުޅިފަދަ ފިއްތޭ ބާވަތްތަކުގެ ކުނި ކައުންސިލުން އަންގާގޮތެއްގެ މަތީން ފިއްތުމާއި ބަންދުކުރުމާއި، ތަރުތީބުކުރުން.

10 ކައުންސިލުން އަންގާގޮތެއްގެ މަތީން ބިއްލޫރި ފުނޑުކުރުމާއި ނައްތާލުން.

11 ރަށުން ކުނި ބޭރުކުރުމަށް ކައުންސިލުން ކަނޑައަޅާ، ކަނޑުގައި ދުއްވާ އުޅަނދަށް ކުނި ބަރުކުރުން.

12 ކުނި ކޮށްޓައި ކުނިކޮށީ ސަރަޙައްދު ސާފުކޮށް ގަސްއިންދައި ޒީނަތްތެރިކޮށް ބެލެހެއްޓުން.

13 ކައުންސިލުން ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުން.

14 ކައުންސިލުން ކުންޏާއި ބެހޭގޮތުން އެއްކުރުމަށް އަންގާ މަޢުލޫމާތު އެއްކޮށް ފޯރުކޮށްދިނުން.

15 އަދި މިނޫންވެސް ކުނިއުކާލުމާއި ނައްތާލުމުގެ ޚިދުމަތާއި ގުޅިގެން ކައުންސިލުން އަންގާ އެންމެހައި ކަންކަން ކުރުން.

16 ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުން.

 

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި:

18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

# ތައުލީމި ސެޓްފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓްކޮށްފައިވާ އަދި އަސްލާއެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއި ކޮށްފައިވާ އަސްލު)

# ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ އާއި އައިޑީ ކާޑުގެ ކޮޕީ (އަސްލާއެއްގޮތް ކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ސޮއިކޮށްފައިވާ އަސްލު)

# މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަމްބަރ 9393603 ފޯނާއި އެވެ.

              ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

06 ޖޫން 2023
ހޯދާ