ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކުގައި ހުރި ރުއްގަސް ނެގުމާއި ގުޅޭ

 

              ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކުގައި ހުރި ރުއްގަހުގެ މައުލޫމާތު މިއިދާރާއަށް ހުށަހެޅުމަށްއެދި ކުރެވުނު ނަމްބަރ (IUL)249-A/249/2021/58 (03 އޮކްޓޯބަރ 2021) އިޢުލާނާއި ގުޅިގެން ރުއްގަހުގެ މައުލޫމާތު ފޯމު ކައުންސިލަށް ހުށަހަޅާފައިވާ ފަރާތްތަކުން 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ރުއްގަސް ނަގައި ގެންދިއުމަށް މިއިދާރާގެ ނަންބަރ (IUL)249-A/249/2022/6 (25 ޖަނަވަރީ 2022) އިޢުލާނުން ވާނީ އާންމުކޮށް އެންގިފައެވެ.

              މި މުއްދަތުގެ ތެރޭގައި ރުއްގަސްތައް ނުގެންދަވާ ފަރާތްތަކުން، 2023 ޖޫން 13 ވާ އަންގާރަ ދުވަހުގެ ކުރިން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ބިންތަކުގައި ހުރި ރުއްގަސް ނަގައި ގެންދިއުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަންގަވާ ހުންނަ ރުއްގަހަކީ ކައުންސިލްގެ ރުއްގަސް ކަމުގައި ބަލައި އެތަކެތި ނީލަމުގެ އުޞޫލުން ވިއްކާލާ ނުވަތަ ނައްތާލެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ރުއްގަސްތައް ހުރި ހުސްގޯތިތައް ދައްކުވައިދޭ ޗާޓް އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

06 ޖޫން 2023
ހޯދާ