ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ސީ.އެސް 9-2)

މި އިޢުލާންވަނީ 06 ޖޫން 2023 11:52 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ލީގަލް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-380158

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީއެސް 2-9 (ގްރޭޑް 2)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

މުސާރަ:

10020.00 ރުފިޔާ  

ސަރވިސް އެލަވަންސް:

5640.00 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސީސީ މުސާރައިގެ %35

އެހެނިހެން އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކޮށްފައިވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނޭ

ޝިފްޓް ޑިއުޓީ ގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ޝިފްޑް ޑިއުޓީ އެލަވަންސް ލިބޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިރެކްޓަރ ޖެނަރަލަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ސެކްޝަންތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން އެކިފަރާތްތަކާއެކު ސޮއިކުރާ އެއްބަސްވުންތަކާއި ފަހުމްނާމާތައް ޑްރާފްޓްކުރުމާއި އެ އެއްބަސްވުންތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީލަފާ ދިނުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މައްޗަށް ކޯޓުތަކުގައި ހިނގާ ދައުވާތަކާއި ގުޅިގެން ޑިޕާޓްމަންޓްގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިއުންތައް އެޓަރނީޖެނެރަލްގެ އޮފީހަށް ފޮނުވުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މައްޗަށް ދައުވާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ދޭންޖެހޭ ޖަވާބާއި ލިޔެކިއުންތައް އެޓަރނީޖެނެރަލްގެ އޮފީހަށް ފޮނުވުން. 
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މަސައްކަތް ހިނގަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކަމެއް ހިނގާނަމަ އެކަމުގައި ދޭންޖެހޭ ޤާނޫނީ ލަފާދިނުން
  • ޑީޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓުން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓް ކޮށް އެޓަރނީ ޖެނެރަލްގެ އޮފީހާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ފޮނުވުމާއި ޑިޕާޓްމަންޓުން ހިނގައި ބަލަހައްޓާ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ކުރުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ސެކްޝަންތަކުން އެކުލަވާލަންޖެހޭ ޤާނޫނީ ލިޔުންތައް އެކުލަވާލުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަޙުޤީގަށް ބޭނުންވާ ލިޔުން ތައްޔާރުކުރުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މުވައްޒަފުން ކުރާ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފު ކަންކަން ބަލައި އެމައްސަލަތައް ތަޙުޤީގަށް ބޭނުންވާ ލިޔުން ތައްޔާރުކުރުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މުވައްޒަފުން އޮފީހުގެ ކަންކަމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓްގެ މަސައްކަތް ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް އެކުލަވާލުން.
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެންނާއި ޑިޕާޓްމަންޓުން ހިންގާ ޕްރޮޖެކްޓްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމާއި  ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން
  • ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތަކާ ގުޅިގެން ޤާނޫނުތަކާއި ގަވާއިދުތަކަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ހިންގުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމަށް ކަނޑައެޅިފައިވާ ޝަރުޠު

 

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

CS9-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-4 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

11190.00

5640.00

އަސާސީ މުސާރައިގެ %35

 

CS9-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

10800.00

5640.00

އަސާސީ މުސާރައިގެ %35

 

CS9-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

10410.00

5640.00

އަސާސީ މުސާރައިގެ %35

 

CS9-2

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީއާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

10020.00

5640.00

އަސާސީ މުސާރައިގެ %35

 

 

ތަޢުލީމީ ރޮނގުތައް:

 

  • ލޯ
  • ޝަރީއާ އެންޑް ލޯ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައި އެވާ ލިންކް އިން  ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަފްޞީލް

ކެޓެގަރީގެ ޖުމުލަ އިންސައްތަ (%)

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ޕްރެކްޓިކަލްސް

30

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023މޭ 13 ވާ އަންގާރަ ދުވަގެ 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައި ފޮނުވުމަށް ދެންނެވީމެވެ. ވަޒީފާ އަށް އެދޭ ފޯމް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ވެބްސައިޓް www.dnr.gov.mv ން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ 14 މޭ 2023 އާއި 22 މޭ 2023 އާއި ދެމެދު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7260072/3033203 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ލީގަލް އޮފިސަރުންގެ އޮނިގަނޑުގެ މަޤާމްތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2022 އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

06 ޖޫން 2023
ހޯދާ