މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުން ކުރުމުއްދަތަށް ދަނޑުބިން ދޫކުރުމާގުޅޭ

ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށުން ދަނޑުވެރިކަމަށް ޚާއްޞަކޮށް ކުރު މުއްދަތަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލަމެވެ. އެގޮތުން ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި، އަދަދު އަދި ބޮޑުމިން ތިރީގައި ހިމަނާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން: ދޫކުރުމަށް ހަމަޖެހިފައިވަނީ ކެނދިކޮޅު އަވަށު އާގެވަޅުތަކުގެ އިރުން 2850 އަކަފޫޓުގެ 5 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

ބިމުގެ އަދަދު އަދި ސައިޒް: 60 ފޫޓު ދިގު 47 ފޫޓު 6 އިންޗި ފުޅާ (ޖުމްލަ 2850 އަކަފޫޓު) ގެ 05 ބިން

ކެނދިކޮޅު އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ މިބިންތަކުގެ އަގަކީ ފެށޭއަގުގެ ގޮތުގައި އަކަފޫޓަކަށް 5 ލާރިއެވެ. އެގޮތުން ބިމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތްތަކަށް ބިން ދޫކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ސިޓީ ހުށައެޅުމަށް ދަންނަވަމެވެ. ސިޓީއާއެކު ބިންހޯދުމަށް އެދޭ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައެޅުމަށް ދަންނަވަމެވެ.

މިއިޢުލާނާއެކު ކެނދިކޮޅު އަވަށުން ކުރުމުއްދަތަށް ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓު އެއްކަރުދާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

16 ޛުލްޤަޢިދާ 1444

05  ޖޫން  2023

05 ޖޫން 2023
ހޯދާ