ނިލަންދޫ ސްކޫލް/ ގއ. ނިލަންދޫ
ދިވެހިރާއްޖެ
2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

f

 

 

ނިލަންދޫ ސުކޫލް

ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ، ދިވެހިރާއްޖެ

Nilandhoo School

North Huvadhu Atoll, Nilandhoo

Republic of Maldives

 

 

 

ނަންބަރު: GS-195/IUL-2023/07

އިޢުލާން

2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

              ސުކޫލުތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2023-2024 ވަނަ އަހަރުގެ ދިރާސީ އަހަރު ޢަމަލުކުރާނެ އުސޫލުގެ ދަށުން ނިލަންދޫ ސުކޫލްގެ އެލްކޭޖީ ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

               ވީމާ، 2023-2024 ވަނަ އަހަރު، އެލްކޭޖީ، ޔޫކޭގީ އަދި ގްރޭޑު 1 އަށް ވައްދަން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން 6 ޖޫން 2023 އިން ފެށިގެން 15 ޖޫން 2023 ގެ ނިޔަލަށް ރަސްމީ ބައްދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށް ސްކޫލްގައި ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7983074 ނަންބަރާއި ގުޅުއްވުން އެދެމެވެ.

  • އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަކަށް ވައްދާނީ ނުވަތަ އެއްސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރާނީ ތިރީގައިމިވާ ތާވަލްގައި ވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާތައް

އެލްކޭޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫކޭޖީ

އެލްކޭޖީ ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑު 1

ފައުންޑޭޝަން ސްޓޭޖް( އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ ) ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

v      ކުއްޖާގެ އައިޑެންޓިޓީ ކާޑު ކޮޕީ.

v      މަންމަ، ބައްޕަ އަދި ބެލެނިވެރިޔާ އައިޑީ ކާޑް ކޮޕީ.

v      ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.

16 ޛުލްގައިދާ 1444

                                                       05 ޖޫން 2023  

ޚަދީޖާ އިބްރާހިމް

ޕްރިންސިޕަލް

05 ޖޫން 2023
ހޯދާ