މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ތިމާވެށީގެ ދުވަސް އަތޮޅުފެންވަރުގައި ފާހަގަ ކުރުމާއިބެހޭ

ދުނިޔޭގެ ތިމާވެށީގެ ދުވަސް އަތޮޅުފެންވަރުގައި ފާހަގަ ކުރުމާއިބެހޭ

 

ސުރުޚީގައި ދެންނެވިފައިވާ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށްޓަކައި ރ. އުނގޫފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގެ ހޯލާއި، ސްޓޭޖު، ޖަލްސާގެ ބައިވެރިންނަށް ބާއްވާ ޑިނަރ، އަދި ދުވަހާއި ގުޅުވައިގެން ރ. އަތޮޅުކައުންސިލުން ތައާރަފްކުރާ ފޮތި ކޮތަޅު މި އިދާއާއިން ފޯރުކޮށްދޭ ޑިޒައިނާއި މަޢުލޫމާތާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ދެންނެވިފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ ރ. އަތޮޅު ކައުންސިލް އިދާރާގައި 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 12:00 ގައެވެ.

 

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަތީގައި ބަޔާންކުރެވުނު ތިންމަސައްކަތަށް ޕްރޮޕޯސަލް ހުށައަޅުއްވަންވާނީ ވަކިވަކިންނެވެ. މިމަސައްކަތްތަކަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ސްޓޭޖާއި ހޯލް، ޑިނަރ، ފޮތިކޮތަޅު ތައްޔާރުކޮށްދިނުން އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580556، 6580562  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

05 ޖޫން 2023
ހޯދާ