މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮންފަނު ކައުންސިލް ފުޓްސަލް މުބާރާތް 2023

ދޮންފަނު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ދޮންފަނު ކައުންސިލް ފުޓްސަލް މުބާރާތް 2023" ގެ ނަމުގައި 20 ޖުލައި 2023 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދޮންފަނުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ޑިވިޝަން ހިމެނޭ ގޮތަށެވެ. ކޮންމެ ޑިވިޝަނެއްގެވެސް މުބާރާތް ބާއްވާނީ މަދުވެގެން 04 ޓީމް ބައިވެރިވާނަމައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 15 ޖޫން 2023 ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓު ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު 10 ޖުލައި 2023 ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ.

05 ޖޫން 2023
ހޯދާ