ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލަށް މީހުން ހޯދުން

އިޢުލާން

2023 ވަނަ އަހަރު މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލަށް މީހުން ހޯދުން:

ރަށުގެ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ ދާއިމީ މުވައްޒަފުން ޗުއްޓީ، ސަލާމް، އާއިލީ ޒިންމާގެ ޗުއްޓީގެ އިތުރުން އެކި އެކި ބޭނުންތަކަށް ވީއްލުންފަދަ ހާލަތްތަކުގައި މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް މީހުންހޯދުމަށް ބޭނުންވެއެވެ.

  • ބޭނުންވާ މަޤާމް: އިމާމް / މުދިމު
  • މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަލަށް.
  • މަސައްކަތް ކުރައްވަންޖެހޭ މިސްކިތްތައް: ފ. ދަރަނބޫދޫގެ މިސްކިތްތަކުގެ ތެރެއިން މި އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

މަޤާމުގެ ޝާރުތާއި މުސާރަ:

#

މަޤާމު

ވަޒީފާގެ ޝަރުތު

އުޖޫރަ ދެވޭގޮތް

1

އިމާމު

މުދިމުކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

ނިކުންނަ ކޮންމެ ނަމާދު ގަޑިއަކަށް-/61 ރުފިޔާ

2

މުދިމު

ޤުރުޢާން ރީތިކޮށް ކިޔަން އެނގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

ނިކުންނަ ކޮންމެ ނަމާދުގަޑިއަކަށް -/53 ރުފިޔާ

 

ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ އަދި ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6740015ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.  

16 ޛުލްޤަޢިދާ 1444

05 ޖޫން 2023
ހޯދާ