މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ސީނިއަރ ކައުންސިލް އޮފިސަރ)

އިޢުލާން

ވަޒީފާގެ ފުރުސަތު (ސީނިއަރ ކައުންސިލް އޮފިސަރ)

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-376891

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00 ރުފިޔާ
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނަރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އިދާރާގެ ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  4. ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އަދި ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.
  6. ސެކްޝަނާއި ގުޅުން ހުރި ސިޓީތަކާއި މެސެޖް އަދި އީމެއިލްއަށް ޖަވާބުދިނުން
  7. ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބެލެހެއްޓުމާއި އެތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުން
  8. ކައުންސިލްގެ އިދާރާއާއި އިދާރާއިން ހަރުކޮށްފައިވާ ކެމެރާތައް ބެލެހެއްޓުމާއި އެތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުން
  9. ކައުންސިލްގެ އިދާރާއާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެހެނިހެން އިމާރާތްތަކުގައި ހަރުކޮށްފައިވާ ފިންގަރ ޕްރިންޓް މެޝިންތައް ބެލެހެއްޓުމާއި އެތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުން
  10. ކައުންސިލްގެ އިދާރާގެ ސަރވާ ބެލެހެއްޓުން
  11. ކައުންސިލް އިދާރާއާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ތަންތަން މަރާމާތުތަށް ދެނެގަނެ މަރާމާތުތަށް ކުރުމަށް ކުރަންޖެހޭ ރިކުއެސްޓްތައް ތައްޔާރުކުރުން
  12. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ޚިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
  13. އިޢުލާނުފަދަ ތަކެތި ގެޒެޓް އަދި ވެބްސައިޓުގައި އާންމުކުރުން އާންމުކުރުން
  14. ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  15. މަސައްކަތު ތާވަލް ތައްޔާރުކުރުން
  16. އަހަރީ ރިޕޯރޓް އަދި 6 މަހުގެ ރިޕޯރޓު ތައްޔާރުކުރުން
  17. ކައުންސިލްގެ އިދާރާއާއި، ގޯތިތެރޭގައި ގަސްއިންދާ ޒީނަތްތެރިކުރުމާއި، ގަސްތައް ކޮށާ، ފެންދީ ބެލެހެއްޓުމުގެ ކަންކަން ސްޕަވައިޒްކުރުން
  18. ކައުންސިލުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތް ކުރުމާއި، ހަދަންޖެހޭ އެއްބަސްވުންތައް ހެދުން
  19. ކައުންސިލަށް ހޯދަން ޖެހޭ ތަކެތި ހޯދުމުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުން
  20. ޕްރޮކިޔުމެންޓް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  21. ނީލަން ކިޔުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުން
  22. ކައުންސިލް އިދާރާގެ ވެހިކަލް ތަށް މަރާމާތުކޮށް އަހަރީ ފިއްދެއްކުމުގެ ކަންކަން ހަމަޖެއްސުން
  23. އިދާރާއަށް ލިބޭ ސިޓީ މެސެޖްފަދަ ތަކެތި އެންޓްރީ ކުރުމާއި ޖަވާބުދިނުން
  24. ސީއެސް ވިއުގަ މެދުވެރިކޮށް ކުރަންޖެ ކަންކަން ކުރުން
  25. ކައުންސިލުން ކުރިޔަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

 

 

 

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ނުވަތަ،

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން                         30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު          5%

ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕްއިންޓް         5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)            20%

އިންޓަވިއު                                    35%

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށްކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް)އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖޫން 2023 ގެ 10:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖޫން 18 އާއި 2023 ޖުލައި 15 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ ގައެވެ.

އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4000299 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޛުލްޤަޢިދާ 1444

05 ޖޫން 2023
ހޯދާ